31 Dec 2014, 21:43
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ހިދުމަތް ދެމުން އަންނަ ކ. ތިލަފުށިން މިރޭ 12 އިން ފެށިގެން ހަ ގަޑިއިރަށް ފެން ކަނޑާލުމަށް ނިންމައިފި އެވެ.
އެމްޑަބްލިޔްއެސްސީގެ މީޑިއާ އޮފިޝަލް ދެންމެ ސަން އަށް ވިދާޅުވީ ތިލަފުށީގައި ފެނުގެ ޑިމާންޑު ބޮޑުވެފައިވާތީ އެރަށުން ފެން ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި މިރޭ 12:00 ފެށިގެން މާދަން ހެނދުނު 6:00 އަކަށް ފެން ކަނޑާލުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ތަފްސީލް ވަރަށް އަވަހަށް އާންމު ކުރެވޭނެ ކަމަށެވެ.
އެކުންފުނިން ބުނިގޮތުގައި މިރޭ ފެންކަނޑާލަނީ ފެނުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކަށެވެ.
ތިލަފުށިން ހަ ގަޑިއިރަށް ފެން ކަނޑާލާއިރު އެކުންފުނީގެ މައި މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މިމަހުގެ ކުރީކޮޅުގައި ވަނީ މުޅި މާލެއިން ފެން ކެނޑިފައެވެ.