ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ހުސްކުރި ފުޅިއަކާއި ޖުވާ ކުޅުމަށް ބޭނުންކުރާ ސާމާނާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެމީހުންނަކީވެސް ދިވެހީން ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފްލެޓެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ފްލެޓަށް ވަދެ ބަލައިފާސްކުރިއިރު ބަނގުރާ ހުސްކުރި ފުޅިއަކާއި ޖުވާކުޅުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ހުޅުމާޅެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.