31 Dec 2014, 15:04
ދިރުވާލައިގެން 30 ބުލެޓް ރާއްޖެއަށް އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް ގެ ހެޑް، އަހްމަދު ޝިފާން ވިދާޅުވީ 30 ބުލެޓް ފެނިފައިވަނީ ސްރީލަންކާއިން ރޭ ރާއްޖެއައި 35 އަހަރު ފިރިހެނެއްގެ ހަށިގަނޑު ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އެހުރިހާ ބުލެޓެއްވެސް ބޭރުކޮށްފައި ވާކަމަށާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިއަހަރާއި މިދިޔަ އަހަރުވެސް ތަފާތު އެކި ދުވަހު އެކި ގޮތްގޮތަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ. ދިރުވާލައިގެންނާއި އަދި އެނޫންވެސް ގޮތްގޮތަށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން ދިވެހީންނާއި ބިދޭސީންގެ ބަޔަކު ޖަލަށްލުމަށް މިއަހަރާއި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.