31 Dec 2014, 13:12
ނޮވެލްޓީ ބުކްޝޮޕުން މިހާރު ކުރިއަށް ގެންދާ ވައުޗާ ޕްރޮމޯޝަންގެ ދަށުން ހޮވުނު ދެވަނަ ނަސީބުވެރިޔާއަށް ފޯނު ހަވާލުކޮށްފިއެވެ.
އެ ޕްރޮމޯޝަންގެ ގުރުއަތުން ދިމާވި ދެވަނަ ނަސީބުވެރިޔާއަށް ފޯނު ހަވާލުކުރީ މިއަދު ހެނދުނު އެ ބުކްޝޮޕްގައި ބޭއްވި ހަފްލާއެއްގައެވެ. އެ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިއަކަށް ހޮވުނީ ސ. ހިތަދޫ މޯނިންގް ވާދީ އުމުރުން ހަތް އަހަރުގެ އައިކާ އަސްލަމް އެވެ. އޭނާއަށް ޕްރޮމޯޝަންގެ އިނާމް ހަވާލުކޮށްދެއްވީ ނޮވެލްޓީ ބުކްޝޮޕްގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް މެނޭޖަރު މުހައްމަދު ނީރާޖް އެވެ.
މި ހަފްތާގެ ނިޔަލަށް ނޮވެލްޓީ ބުކްޝޮޕުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންއަކީ ސްޓޭޝަނަރީ ވައުޗާ ބޭނުންކޮށްގެން އެ ބުކްޝޮޕުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ހާއްސަކޮށް ހިންގާ ޕްރޮމޯޝަނެކެވެ. އަދި ކަސްޓަމަރުންގެ ތަރުހީބަށް ބަލައި އެ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރާ ގޮތަށް ހަމަޖެހިފައި ވާކަމަށް އެ ބުކްޝޮޕުން ބުންޏެވެ.
ނޮވެލްޓީ ބުކްޝޮޕުން ސްޓޭޝަނަރީ ވައުޗާ ބޭނުންކޮށްގެން ވިޔާފާރި ކުރާ ކޮންމެ ފަރާތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާއިރު، އެ ޕްރޮމޯޝަންގެ ދަށުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް ވަނީ ސެމްސަންގް ގެލެކްސީ އެޑްވާންސް ފޯނެއް ދޭގޮތަށް ހަމަޖެހިފައެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވަރިން ކޮންމެ ރެއަކުވެސް ހޮވާއިރު، ގުރުއަތުން އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ އެ ބުކްޝޮޕުގެ ކަސްޓަމަރުންނެވެ.