އިންޑިއާގެ މަހާރާސްތާ ސްޓޭޓްގައި ފެނަށް ވަނީ ޖެހިފަ އެވެ. ސްކޫލް ދަރިވަރުން ސްކޫލް ކަޓުވާލުމަށް ފަހު ބީޑް ޑިސްޓްރިކްގައި ވަޅަށް ފައިބައިގެން ބޯފެން ހޯދުމުގެ ނުރައްކަލާ އަންނަނީ ކުރިމަތިލުން ވަނީ އާންމުވެފަ އެވެ.

އިންޑިއާގެ އެންޑީޓީވީ އިން މިއަދު ބުނީ ބީޑް ޑިސްޓްރިކްގެ ގިނަ ހިސާބުތަކުގައި ކޮންމެ ދުވަހަކުހެން ކުދިން ވަލުން ފުން ވަޅަށް ފައިބައިގެން ފެން ނަގަނަގައި އެ ކުދިން ވަރުބަލިވެފައިވާ ކަމަވެ. އަދި އެ ނޫހުން ބުނީ އެެ ނުރައްކާތެރި މަސައްކަތް އެ ޑިސްޓްރިކްގެ ކުދިން ކުރަމުން އަންނަތާ ތިން އަހަރުވެފައިވާ ކަމަށެވެ.

އެ ނޫހުން ބުނީ ދަރިވަރުން ސްކޫލް ކަޓުވާލުމަށް ފަހު އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ބޯ ފެން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

"މިއީ ވަރަަށް ނުރައްކާތެރި ކަމެއް. އަހަރުންގެ ބެލެނިވެރިން އަހަރުން ސްކޫލަށް ދިޔަކަވެސް ނުދޭ. އަހަރުން ވަރަށް ދުރުން ފެން ގެންނަން ޖެހެނީ. ކޮންމެ ދުވަހަކު ފެން ނަގަން ވަޅަށް ފައިބާން ޖެހޭ." ކުއްޖަކު ބުންޏެވެ.

ވަޅުތަކުން އާންމުކޮށް ފެން ލިބެނީ އަހަރަކު ދެތިން މަހު ކަަމަށް އެ ޑިސްޓްރިކްގެ މީހުން ބުންޏެވެ. އަދި އެ ޑިސްޓްރިކްގެ ގިނަ މީހުންނަށް ބޯނެ ފެން ލިބޭނެ އިތުރު ގޮތެއް ވެސް ނޯވެ އެވެ. ގިނަ މީހުންނަށް މަޖުބޫރުވެފައި ވަނީ އެ މީހުންގެ ދަރިން ދުރުހިސާބުތަކުގައި ހުންނަ ވަޅުތަކަށް ފެން ހޯދުމަށް ފޮނުވުމަށެވެ. ނަމަވެސް ގިނަ ފަހަރު އެ ވަޅުތަކުގައި ވެސް ފުދޭވަރަކަށް ފެނެއް ނުހުރެ އެވެ.