31 Dec 2014, 09:46
ބަނގުރާ ފުޅިތަކަކާ އެކު ހުޅުމާލެ އިން ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.
ފުުލުހުން މިއަދު ބުނީ ހުޅުމާލެ އިން ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ ހުޅުމާލޭގައި ފުހުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ރޭ 22:40 އެހާކަންހާއިރު ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ގުލްޒާރުމާހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ އިރު އެމީހުން އަމަލުތައް ހުރިގޮތުން ފުލުހުންނަށް ތުހުމަތު ކުރެވިގެން އެމީހުން ހުއްޓުވައި ބަލައި ފާސްކުރުމުން ކަމަށެވެ.
އަދި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ހަށިގަނޑާއި އެމީހުން ގެންގުޅުނު ތަކެތި ބަލައިފާސްކުރި އިރު އެ ދެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން ދެ ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން އިއްޔެވެސް ވަނީ ބަނގުރާ ފުޅިތަކަކާ އެކު ބިދޭސީންތަކެއް ހުޅުމާލެއިން ހައްޔަރުކޮށްފައި އެވެ.
ފުލުހުން ދަނީ މިމައްސަލަތައް އިތުރަށް ތަހުގީގު ކުރަމުން ނެވެ.