31 Dec 2014, 01:03
މާފަންނު ގެއެއްގެ ތެރޭގައި ޖުވާކުޅެންތިބި 18 ބިދޭސީއަކު ދާދިދެންމެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ފުރަ ގޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ޖުވާ ކުޅެމުން ދަނިކޮށް 18 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އެންމެންނަކީ ވެސް ފިރިހެނުން ކަމަށާއި އެމީހުން ތިބިތަނުން ގިނައަދަދެއްގެ ފައިސާތަކެއް ވެސް ފެނިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.