ނޭލުމަށް އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި، އެމެރިކާގެ ކުރީގެ ރައީސް އެޗު ޑަބްލިޔު ބުޝް ހަތް ދުވަހަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުން 90 އަހަރުގެ ބުޝް މި މަހު 23ގައި ޓެކްސަސްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ ނޭވާލުމަށް އުނދަގޫތަކެއް ވެގެންނެވެ.

ރޮއިޓާސް އިން ކުރިން ބުނީ ބުޝްގެ އާލާސްކަންފުޅު ފެއްޓުނީ މީގެ ދެ އަހަރު ކުރިން 2012 ވަނަ އަހަރު ބްރޮންކައިޓްސް ޖެހިގެން ކަމަށާއި މިދިޔަ އަހަރު ވެސް އޭނާ ހަތް ހަފުތާ ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ހޯއްދަވާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބުޝް އެޑްމިޓް ކުރި ފަހަރު އޭނާ މަރުވަނީ ކަމަށް ހީކޮށް އާއިލާގެ މީހުން އެނދުކައިރި އަށް ޖަމާވި އެވެ. ނަމަވެސް މިހާރު އަމިއްލަ އަށް ނުހިގޭ ބުޝްގެ 90 ވަނަ އުފަން ދުވަސް މި އަހަރު ފާހަގަކޮށްފައި ވަނީ ޕެރެސޫޓް ޖަމްޕްކޮށްގެންނެވެ. ދެ ވަނަ ބޮޑު ހަނގުރާމާގައި ބައިވެރިވި އަދި ބުޝްއަކީ މިހާރު ދުނިޔޭގައި ހުންނެވި އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ ރައީސް އެވެ.