04 Feb 2011, 19:09
ބަދުއަހުލާގީ މައްސަލައެއްގައި މ. ކުރަހާގޭ ތެރެއިން ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ބަދު އަހުލާގީ މައްސަލައެއްގައި ކުރަހާގެއިން ބަޔަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ބަލަމުން އަންނާތީ އިތުރު އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ބަދުއަހުލާގީ މައްސަލައެއްގައި ކުރަހާގޭ ތެރެއިން ރޭ ބަޔަކު ހައްޔަރުކޮށްފައި ވަނީ އެގޭގައި ހުންނަ "ސެލޫން ގްލީޒް" ނަމަކަށް ކިޔާ ބިއުޓީ ޕާލާއެއްގެ ތެރެއިންނެވެ.
އާތާނގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެހި އަންހެނަކުވެސް ހިމެނެ އެވެ.