ގެއެއްގެ ވައިގޮޅިއަކުން އަންހެނަކު ވެއްޓިއް ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެއަންހެން މީހާ ވެއްޓިފައިވަނީ މއ. ފޯޗުންގޭ ހަތަރު ވަނަ ފަންގިފިލާއިންނެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މައްޗަންގޮޅީ މާވެޔޮ މަގުގައި ހުރި ގެއެއްގައި ކަމަށެވެ. ފުލުހުންގެ އެހީތެރިކަމާއެކު އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯން ނުނަގާތީ އެއަންހެން މީހާގެ ހާލަތު ވަނީ އެނގޭގޮތް ނުވެފައެވެ.