06 Apr 2010, 15:12
19:00
ރާއްޖޭގެ ތިމާވެށްޓާ ބެހޭ ބައެއް ކަންތައްތައް ޔޫރަޕިއަން ކޮމިޝަނަށް ހާމަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ކޮމަންޑުއަށް ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމާ ބެހޭ މަޢުލޫމާތު ދެއްވީ، މިއަދު ރާއްޖެ ވަޑައިގެންނެވި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ކްލައިމެޓް އެކްޝަން، ކޯނީ ހެޑްގާޑަށާއި، އެކަމަނާގެ އަރިހުގައި ގެންނެވި ވަފުދުގެ ބޭފުޅުންނަށް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް މި ދަތުރުފުޅުގައި އެބޭފުޅުން ތަޖްރިބާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.