29 Dec 2014, 13:48
ހަތަރު ސަތޭކަ ހަތްދިހަ އަށް މީހުންނާ އެކު ގްރީސް އިން ފުރައިގެން އިޓަލީ އަށް ދަތުރުކުރަނިކޮށް އަލިފާން ރޯވި ހިނގި ހާދިސާގައި އެކަކު މަރުވެ ދެ މީހަކު ޒަހަމްވެ، އަދި ވެސް 162 މީހަކު ސަލާމަތް ނުކުރެވިވާ ކަމަށް ރިޕޯޓައް ބުނެފި އެވެ.
ބީބީސީ އިން މިއަދު ބުނީ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ފެރީ އިން 316 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ފެރީ އިން ނެރުނު މީހުންގެ ތެރެއިން މަރުވެފައި ވަނީ ގްރީކް މީހެއް ކަމަށް ބީބީސީ އިން ބުންޏެވެ. އޭނާ މަރުވެފައި ވަނީ އަލިފާނުގެ ސަބަބުން ކަމަށް ބީބީސީ އިން ބުންޏެވެ.

ފެރީ އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ --
މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރުތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިރު މީހުންތައް އެފެރީން ނެރުމުގައި ދަތިތަކެއް ކުރިމަތިވަނީ މޫސުން ގޯސް ކަމުން ކަމަށް ގްރީކް ޝިޕިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެ ފެރީގައި ތިބި 411 ޕަސިންޖަރުންނާއި 55 ފަޅުވެރިން ސަލާމަތް ކުރުމަށް އަލްބޭނިއާ އާއި އިޓަލީގެ ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭގައި 222 ވެހިކަލް ވެސް ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ފެރީގައި އަލިފާން ރޯވެފައި --
އެ ފެރީގައި އަލިފާނުގެ ހާދިސާ ހިނގުމުން ކައިރިން ދަތުރުކުރަމުން ދިޔަ ކޮންޓެއިނާ ބޯޓަކަށް 130 މީހުން ނަގާފައިވެ އެވެ. އެ ސަރަހައްދުގައި މިހާރު އިތުރު ހަތް ބޯޓް މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރާނެ ކަމަށާއި ހެލިކޮޕްޓަރުތަކާއި ސީ -130 މަރުކާގެ މަތިންދާބޯޓެއް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު ފެރީ ދަތުރުކުރަމުން ދިޔައީ ގްރީސްގެ ޕެޓްރާސް ނަމަކަށް ކިޔާ ރަށުން ފުރައިގެން އިޓަލީގެ އިރުމަތީގައިވާ އެންކޯނާ އަށް ދިއުމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެފެރީގައި އޮތް ކާރެއްގެ ސަބަބުން ކަމަށެވެ.