ސްރީލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 14 މީހަކު މަރުވެއްޖެ އެވެ.

އެތައް ބަޔަކު މަރުވި ސުނާމީ އަށް 10 އަހަރު ފުރުން ފާހަގަ ކުރަނިކޮށް މިދިޔަ ހުކުރު ދުވަހު ލަންކާ އަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 14 މީހަކު މަރުވުމުގެ އިތުރަށް 80،000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ޕްރެސް ޓީވީ އިން ބުންޏެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކޮސޯލަންޑާ އަވަށުންނާއި ސްރީލަންކާގެ މެދުތެރޭގެ އަވަށަކުން 10 މީހުން މަރުވި އެވެ. އަދި ގެނބިގެން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އަދި ފެންބޮޑުވެ 80،000 މީހުންގެ ގެދޮރަށް ވަނީ ގެއްލުން ލިބިފަ އެވެ. އެ މީހުންނަށް އެހީވުމަށް ސިފައިން ވަނީ ނެރެފަ އެވެ.

މޫސުން ގޯސްވާ ކަމުގެ އިންޒާރު މެޓް އޮފީހުން ވަނީ ދީފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު އައި ސުނާމީގައި ލަންކާގެ 31،000 މީހުން މަރުވި އެވެ.

ލަންކާގެ ފަރުބަދަމަތީ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މިދިޔަ އޮކްޓޫބަރު 29ގައި ވެސް 38 މީހުން މަރުވި އެވެ.