28 Dec 2014, 15:53
އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ގދ. ރަތަފަންދޫ ސީނުގެ އިކްރާމް ވަހީދު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އިކްރާމްއާ ސުވާލު ކުރުމުން ފުލުހުންނަށް އޭނާގެ ވަނަވަރާއި އަންހެން ކުއްޖާގެ ވަނަވަރު އޮޅުވާލައި، ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާކަމަށެވެ. އަދި އުޅޭ ވަކިތަނެއް ނޭންގުމުގެ ސަބަބުން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިކްރާމް ވަހީދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792237 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.