27 Dec 2014, 22:53
"ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ"ގައި ޕާފޯމް ކުރާ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕައުން ރާއްޖެ އައުމާމެދު ދެވަނަ ވިސްނުމަށް ދިއުމުން، އޭނާ ރާއްޖެ ގެނައުމަށް ވިސްނައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ޝޯން ޕޯލަށް ބަޔަކު މަރުގެ އިންޒާރު ދީފައިވާތީ، އޭނާ ރާއްޖެ އައުމާ ދޭތެރޭ ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާގެ އެޖެންޓު ވަނީ ބުނެފަ އެވެ. ޖެމެއިކާގެ ނޫހެއް ކަމަށްވާ، ޖެމެއިކާ އޮބްޒާވަރަށް އަށްދިން އިންޓަވިއުއެއްގައި މަޝްހޫރު ރެގޭ ލަވަކިޔުންތެރިޔާ ޝޯން ޕޯލުގެ އެޖެންޓް ކާލެޓް ޑީލިއަން ބުނެފައި ވަނީ ޝޯ ދިނުމަށް ރާއްޖެ އައުމާ ދޭތެރޭ ވަކިގޮތެއް ނިންމާނީ ޝޯން ޕޯލްގެ މެނޭޖްމަންޓް ޓީމާއި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
"މިހާރު މައްސަލަދާ ގޮތް ވަރަށް ރަނގަޅަށް އިނގޭ. އާ އަހަރުގެ ޝޯއާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ އަހަރެމެން މިދަނީ މިހާރުވެސް ވާހަކަދައްކަމުން. އިތުރު އެއްވެސް މައުލޫމާތެއް މިވަގުތަކު ނެތް،" ޝޯން ޕޯލްގެ އެޖެންޑް ޑީލިއޮން ބުނެފައިވެ އެވެ.
މިނިސްޓަރު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝޯން ޕޯލަށާއި އޭނާގެ މެނޭޖްމަންޓަށް ވިސްނައި ދިނުމަށް ކުރެއްވުނު ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި ޝޯ ކެންސަލް ކުރުމަށް މީޑިއާ އާއި ސިޔާސީ ގޮތުން ދަނީ ހުއްޓާނުލާ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
Trying my best to convince@duttypaulSean Paul & management despite the continuous negative media& dirty politics played to cancel the show
— Ahmed Adeeb (@Ahmed_Adeeb)December 27, 2014
ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާއެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އައިފިނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ.