އިންސާނުންގެ ހަށިގަނޑުގެ ގިނަ ނިޒާމްތަކަކީ ފެނާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ. ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެ މާއްދާއެއް ބޭނުންވާ މަންޒިލަކަށް ފޯރުކޮށްދޭ މެދުވެރިޔަކީ ފެނެވެ. އަދި ހަމައެއާ އެކު ހަށިގަނޑަށް ބޭނުންނުވާ ބޭކާރު މާއްދާތައް ބޭރުކޮށްދޭ މެދުވެރިޔަކީ ވެސް ފެނެވެ. ފެނަކީ ހަށިގަނޑަށް މިހާ މުހިންމު އެއްޗަކަށްވާ އިރު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމުގައިވާ ނަމަ ހަށިގަނޑުގެ ނިޒާމްތަކަށް ބޮޑެތި ފުށުތަކެއް އަރައިގެންދާނޭކަން ކަށަވަރެވެ.

ބްރިޓިޝްގެ ރައްޔިތެއް ކަމުގައިވާ ސާރާ ސްމިތް، 42 އަށް މައިގްރެއިން އާއި އަދިވެސް އެހެން ސިއްޙީ މައްސަލަތަކެއް ދިމާވުމުން ޑޮކްޓަރު ލަފާދެއްވީ ކެފެއިން އެކުލެވޭ އެއްޗެހި ބޭނުންކުރުން ހުއްޓާލައި ފެން ބޯ މިންވަރު އިތުރުކުރުމަށެވެ. އެހެންކަމުން ސާރާ ކޮންމެ ދުވަހަކު ތިން ލީޓަރުގެ ފެން ބޯން ފެށުމުން 28 ދުވަހުގެ ތެރޭގައި ހައިރާންކުރުވަނިވި ބަދަލުތަކެއް ފެނިގެންދިޔަ އެވެ.

ފުރަތަމަ ހަފްތާ: އުނަގަނޑު-28 އިންޗް، ބަރުދަން-53.98 ކިލޯ

ދުވާލަކު ތިން ލީޓަރުގެ ފެން ބޯން ފެށުމުން: ފުރަތަމަ ހަފްތާ

ސާރާ އަށް ފަރުވާ ދެއްވާ ޑޮކްޓަރު ގާތު ތިން ލީޓަރުގެ ފެން ބުއިން ރަނގަޅުތޯ ސުވާލުކޮށް އަހައިފައިވެ އެވެ. އެގޮތުން ސާރާގެ ޑޮކްޓަރު ހުށައެޅީ ހެނދުނު، މެންދުރު އަދި ހަވީރު ބޮޑު ޖަގެއްގެ ފެން ބުއިމަށެވެ. އޭރުން ކިޑްނީގެ މަސައްކަތްތަކަށް ފައިދާތަކެއް ކުރުވާނެކަމުގަ އެވެ. އެގޮތުން ފުރަތަމަ ހަފްތާގެ ތެރޭގައި ކުޑަކަމުދިޔުން ގިނަވިޔަސް ބަނޑަށް ލުއިތަކެއް ލިބި ލޫޅާފަތިވިކަން ފާހަނގަވެގެން ދިޔައެވެ.

ދެވަނަ ހަފްތާ: އުނގަނޑު-28 އިންޗް، ބަރުދަން-53.52 ކިލޯ
ދުވާލަކު ތިން ލީޓަރުގެ ފެން ބޯން ފެށުމުން: ދެވަނަ ހަފްތާ

ދެވަނަ ހަފްތާ ފާއިތުވެގެން ދިޔައިރު ސާރާގެ ބޮލުގެ ރިހުން އެއްކޮށް ފިލައި ހަޖަމުކުރުގެ ނިޒާމު ރަނގަޅުވެގެން ދިޔަ އެވެ. މީގެ އިތުރަށް މޫނުގެ ރޫތައް މަދުވެ، ހަންގަނޑުގެ ކުލަ އުޖާލާވެ، ސާފުވެ އަދި ބަރުދަން ލުއިވެގެން ދިޔަ އެވެ.

ތިންވަނަ ހަފްތާ: އުނަގަނޑު-27.5 އިންޗް، ބަރުދަން-53.52 ކިލޯ
ދުވާލަކު ތިން ލީޓަރުގެ ފެން ބޯން ފެށުމުން: ތިންވަނަ ހަފްތާ

ތިންވަނަ ހަފްތާގެ ތެރޭގައި ސާރާގެ އުނަގަނޑުން ބައި އިންޗް ކުޑަވެފައިވާ އިރު ކެއުން މަދުކުރެވިފައިވާކަން ފާހަނގަކުރެވުނެވެ. ދިރާސާއަކުން ދައްކާ ގޮތުގައި 37 އިންސައްތަ މީހުން ކަރުހިއްކައިގަތުމުން ބަނޑުހައިވީ ކަމުގައި ނިންމައެވެ.

ހަތަރުވަނަ ހަފްތާ: އުނަގަނޑު-27 އިންޗް، ބަރުދަން-53.07 ކިލޯ
ދުވާލަކު ތިން ލީޓަރު ފެން ބޯން ފެށުމުން: ހަތަރުވަނަ ހަފްތާ

ހަތަރުވަނަ ހަފްތާއަށް ފަހު ސާރާގެ ބަރުދަން އިތުރަށް ލުއިވެ، މޫނުގައި ހުރި ރަތްކަން ފިލައި، ސާފުވެ، އުޖާލާވެ ރީތިވެފައި ވެއެވެ. އަދި ހަންގަނޑު އޮމާންވެ، އިތުރަށް ޒުވާންވެގެން ދިޔައެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓް