27 Dec 2014, 12:05
އދ. މަހިނބަދޫގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއްގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު އެރަށުން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އެމީހާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފަ އެވެ.
އެ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ބިރު ދެއްކުމާއި ގްރޫޕް ހަދައިގެން ތޫނު ހަތިޔާރުން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.