27 Dec 2014, 09:30
ގިނަ އަދަދެއްގެ ތަޖުރިބާކާރު ބިދޭސީން ހަރަކާތްތެރިވަމުން އަންނަ އޮޑިޓް ދާއިރާ އިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އޭ ގްރޭޑް އޮޑިޓް ލައިސެންސް ދޫކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ސެޓްފިކެޓް ހޯދެއްވި ފުރަތަމަ ދިވެހި މީހާ ކަމުގައިވާ ފަރީހާ ޝަރީފަށް އެ ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެވެ.
ފަރީހާއަކީ އިންޓަނޭޝަލަން ފެޑެރޭޝަން އޮފް އެކައުންޓުސް އިން ގަބޫލްކުރާ އޭސީސީއޭގެ މެމްބަރެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުގައި އޭސީސީއޭ ޕްރެކްޓިސިން ލައިސެންސް ސެޓްފިކެޓު ހޯދާފަ އެވެ.
ފަރީޝާ އަށް އޭ ގްރޭޑް އޮޑިޓް ލައިންސެންސް ދޫކޮށްފައިވާ އިރު މިހާރު ރާއްޖޭގައި އޭ ގްރޭޑް އޮޑިޓަރުންގެ ގޮތުގައި ގިނައިން މަސައްކަތް ކުރަމުންދަނީ އިންޑިއާއާއި ލަންކާ މީހުންނެވެ. އެކަމަކީ ބޮޑު އާމްދަނީއެއް އެމީހުން ހޯދާ ކަމެކެވެ.
ރާއްޖޭގައި މިވަގުތު ތިން އޮޑިޓް ފާމެއްގައި އޭ ގުރޭޑް އޮޑިޓް ލައިސެންސް ލިބިފައިވާ ފަސް ބިދޭސީއިން މަސައްކަތް ކުރެއެވެ. އެ އޮޑިޓްފާމް ތަކަކީ ޕުރައިސްވޯޓާ ހައުސް ކޫޕާސް، އާއި ކޭޕީއެމްޖީ ގެ އިތުރުން އީއެންވައި އެވެ.