26 Dec 2014, 16:38
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިޔަނަށް އަރައިފި އެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 1,101,113 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިދިޔަ އަހަރުގެ އެމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1,020,190 ޓޫރިސްޓުންނެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އައި މިންވަރު ވަނީ 7.9 ޕަސެންޓް އިތުރުވެފައެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާ ސަރަހައްދަކީ އޭޝިއާ އެވެ. އެއީ 546,278 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 13.6 ޕަސެންޓް އިތުރުވުމެކެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ޔޫރަޕް ސަރަހައްދުން 477,123 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު އެއީ 0.8 ޕަސެންޓްގެ އިތުރުވުމެކެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން މިއަހަރުގެ 11 މަސް ދުވަހުގެ ތެރޭގައި 345,395 ޒިޔާރަތްކޮށްފައި ވާއިރު އެއީ މިދިޔަ އަހަރަށްވުރެ 11.1 ޕަސެންޓް އިތުރު އަދަދެކެވެ.
ނޮވެމްބަރު މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 89,778 އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މަހު ރާއްޖެ ޒިޔާރަތްކުރި 94,584 ޓޫރިސްޓުންނަށް ވުރެ 5.1 ޕަސެންޓް ދަށް އަދަދެކެވެ.