26 Dec 2014, 00:09
އިނގިރޭސީންގެ ހިމާޔަތުގައި ދަށުގައި އޮތުމަށްފަހު، ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން "މިނިވަން 50" ގެ ލޯގޯ އާއި ޝިއާރު އިފްތިތާހުކޮށްފި އެވެ.
ގައުމީ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި "މިނިވަން 50"ގެ ލޯގޯ އާއި ޝިއާރު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ.
މިނިވަން ފަންސާސްގެ ޝިޔާރަކީ "ދިވެހިން ދިވެހިންގެ ގޮތުގައި- މިނިވަންކަންމަތީ އަބަދަށް" އެވެ.
ދިވެހި ދިދައިގައި ހިމެނޭ ފެއްސާއި ރަތާއި ހުދުގެ ކުލަ "މިނިވަން 50" ލޯގޯގައި ހިމެނެ އެވެ. އަދި މިނިވަން ފަންސާސް ރަންޒުވާ ގޮތަށް ހިސާބު އަކުރުގެ ފަހަކާއި ސުމެއް ހިމެނެ އެވެ. ސުން ރަމްޒުކޮށްދެނީ ލޯގޯގައިވާ ތަރިއަކުންނެވެ.
މިނިވަންކަމުގެ އެގްރިމެންޓުގައި ޖުލައި 26، 1965 ގައި އިނގިރޭސީންނާއެކު ލަންކާގައި ސޮއިކުރެއްވީ އޭރުގެ ރައީސް އިބްރާހިމް ނާސިރެވެ.