25 Dec 2014, 23:31
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކުޑަފަރީ އަދި މިއަދު ހަވީރު ކުޅުނު މެޗުން ކެނދިކުޅުދޫ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ކުޑަފަރީ މޮޅުވީ ޅޮހީ ޓީމާ ބައްދަލުކޮށް 4-0 އިންނެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުޑަފަރީ ޓީމުގެ ހާމިދު ފާއިޒް އެވެ. މިއަދު ހަވީރު ކެނދިކުޅުދޫ ޔުނައިޓެޑް މޮޅުވީ ހެނބަދޫއާ ބައްދަލުކޮށް 4-1 އިންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކެނދިކުޅުދޫ ސްޓާގެ މުހައްމަދު އައްޒާމް އެވެ.
އިއްޔެގެ މެޗުން މޮޅުވުމުން ކުޑަފަރީ ޓީމަށް ވަނީ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ވެފަ އެވެ.
މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.
ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.