ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓިއުނީޝިއާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބާޖީ ކާއިދް އައްސަބްސީ އަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބާޖީ ކާއިދް އައްސަބްސީގެ ޒަޢާމަތުގައި، ‏ރާއްޖެއާއި ޓިއުނީޝިއާއާ ‏ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ.

އަދި، ޓިއުނީޝިޔާގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.