ބަނގުރާފުޅިތަކެއް ހިފައިގެން ކާރެއްގައި ދިޔަ ދެ މީހަކު ހުޅުމާލެ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބިދޭސީ ދެ ފިރިހެނުން ކަމަށެވެ. ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ހަ ނަންބަރު ފުލެޓު ކައިރިން ކަމަށާއި އެމީހުން އަތުލާގަތް އިރު ކާރު ތެރެއިން ހަތަރު ފުޅި ބަނގުރާ ފެނުނު ކަމަށެވެ.

އެހެންނަމަވެސް އެ ދެ މީހުންނަކީ ކޮން ގައުމެއްގެ ދެ މީހުން ކަމަށާއި އެ ދެ މީހުންގެ އުމުރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެހެންނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި ދެ ބިދޭސީންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ މީހުންނެވެ.