24 Dec 2014, 17:42
އިންޑިޔާގެ ނިއުދިއްލީގައި މިއަދު ދުންފިނީީގެ އަސަރު ބޮޑުވުމުގެ ސަބަބުން 25 ކާރު ޗިސްވެ ދެ މީހަކު މަރުވެއްޖެ އެވެ.
އެންޑީޓީވީ އިން މިއަދު ބުނީ ޔަމޫނާ އެކްސްޕްރެސް މަގުގައި ހިނގި އެ ހާދިސާގައި އެކްސިޑެންޓުވި އުޅަނދުފަހަރުގެ ބައިތައް އެއް ކިލޯ މީޓަރުގެ ދުރުމިނަށް ބުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި އުޅަނދުފަހަރުގެ ތެރޭގައި ދެ ޓުއަރިސްޓް ބަސް ވެސް ހިމެނެ އެވެ.
އެ އެކްސިޑެންޓުގެ މަންޒަރު ހަމަ ލޮލުން ފެނުނު މީހަކާ ހަވާލާދީ އެންޑީޓީވީ އިން ބުނެފައި ވަނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ފިނީގެ އަސަރު ބޮޑުކަމުން މަގު ނުފެނި ކާރެއް މަގު ހުރަސްކުރުމުން ކަމަށެވެ. އަދި އެއާ އެކުު އެމަގުން ދަތުރުކުރި އެހެން އުޅަނދުތައް އެއް އުޅަނދު އަނެއް އުޅަނދާއި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން އެ މަގު ބަންދުކޮށް އަލުން ހުޅުވާފައި ވަނީ މެންދުރުގެ ވަގުތުގަ އެވެ.