24 Dec 2014, 16:05
ނޭވާލިއްލުމުގެ މައްސަލަ ދިމާާވާ މީހުންނާއި އެފަދަ އެހެން ކުދި ކުދި އެލާޖިކްގެ މައްސަލަތަކަށް އަވަސްފަރުވާ ހޯދުމަށް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރަނީ ރަނގަޅަށް ނޫން ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.
މި ދިރާސާގައި ނޭވާހިއްލުމަށް ފަރުވާ ހޯދުމަށް ބޭނުންކުރާ އިންހޭލާ ރަނގަޅަށް ބޭނުންކުރަމުން ދިޔައީ އެންމެ ހަތް ޕަސެންޓް މީހުންނެެވެ. އަދި އެއްޗެއް ކަށިޖެހައިގެން ފަދަ ކަމެއް ދިމާވުމުން ބޭނުންކުރާ "އިޕައިންފްރައިން" އިންޖެކްޝަންގެ ފަރުވާ ރަނގަޅަށް ހޯދަމުން ދިޔައީ އެންމެ 16 ޕަސެންޓް މީހުންނެވެ.
"އިޕައިންފްރައިން"އަކީ ކަށިޖެހުމުގެ ސަބަބުން އަވަސްފަރުވާ ދިނުމަށް މަސްގަނޑަށް ޖަހާ އިންޖެކްޝަންއެކެވެ. އަދި މި އިންޖެކްޝަން ބޭނުންކުރާ އިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިހަ ސިކުންތު ވަންދެންއިންޖެކްޝަންގެ ކަށި ފަލަމަސްގަނޑުގައި ހިފަހައްޓައި ނުލެވުމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް އެބާރުމިނުގައި ބޭސް ފޯރުކޮށްނުދެވުމެވެ.
މި ދިރާސާގައި އެންމެ އިސްކޮށްއުޅުއްވާ ޑރ. ރަނާ ބޮންޑްސް ވިދާޅުވެފައި ވަނީ ބަލިމީހާ ފަރުވާ ހޯދުމުގެ ތެރޭގައި ހެދޭ ކުދި ކުދި ގޯސްތަކެއްގެ ސަބަބުން ފަރުވާގެ އަސަރު އެންމެ އެކަށީގެންވާ ގޮތެއްގައި ހަށިގަނޑަށް ނުކުރާކަމުގަ އެވެ.
އިންހޭލާ ބޭނުންކުރަމުންގެންދާ ބަލިމީހުންގެ އެ ބޭނުންކުރަން ޖެހޭ ގޮތުގެ ދެބައިކުޅައެއްބައި ފުރިހަމަ ނުކުރާކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ. އަދި މިކަމުގެ ސަބަބުން ބަލިމީހާއަށް ލިބެންވާ "ޑޯޒް"ގެ މިންވަރު ހަމައަށް ނުލިބެ އެވެ.
"ތިބާ މީހަކަށް އައު ކާރެއް ދޭ އިރު ފުރަތަމަ އެމީހަކަށް ދުއްވަން ދަސްކޮށްދޭ ފަދައިން ނޭވާހިއްލުމުގެ ބަލިމީހަކަށް ބޭސް ދޭން ފަށާއިރު އެ ބޭނުންކުރަންވާ ގޮތް ރަނގަޅަށް ކިޔައިދޭނެ." މި ދިރާސާގެ ޑައިރެކްޓަރ ޑރ. ސަމަންތާ ވޯލްކާ ވިދާޅުވެފައިވެ އެވެ.
މައުލޫމާތު: ދަ އިންޑިޕެންޑެންޓް