24 Dec 2014, 14:09
ސާދަ އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު އެ ކުއްޖާއާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ކުށުގެ ވެށިންނެވެ. އަދި އެ މީހާއަކީ މީގެކުރިން ވެސް ކުޑަކުއްޖަކާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ.