ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެލްޖީއޭގެ އެޖެންޑާ އިން ބޭރުކޮށްލައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ އެޖެންޑާގައި ހިމަނައިގެން ކުރިއަށް ގެންދަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ އެންމެ މެންބަރެއް ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓް ދެއްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލްޖީއޭގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެފައި ވަނީ ހަ މެންބަރުން ކަމަށާއި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އެޖެންޑާ އިން އެ މައްސަލަ ނެގުމަށް ފަހުގައި ކަމަށެވެ.

އެލްޖީއޭގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ އެލްޖީއޭ

އެލްޖީއޭގެ ރައީސް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހެޅުއްވީ ބޯޑް މެންބަރު ޝުޖާއު ހުސެން އެވެ.