އެމެރިކާގެ ކުރީގެ ރައީސް އެޗު ޑަބްލިޔު ބުޝް،90، އަށް ނޭވާލުމަށް ދަތިވެ ޓެކްސަސްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި އެވެ.

އެެމެރިކާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ބުޝްގެ އާލާސްކަންފުޅު ފެއްޓުނީ މީގެ ދެ އަހަރު ކުރިން 2012 ވަނަ އަހަރު ބްރޮންކައިޓްސް ޖެހިގެން ކަމަށާއި މިދިޔަ އަހަރު ވެސް އޭނާ ހަތް ހަފުތާ ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ހޯއްދަވާފައިވާ ކަމަށެވެ.

ބުޝްގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓާސް އިން ބުނީ އިއްޔެ ބުޝް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ކުރުވެ ނޭވާ ލުމަށް އުނދަގޫތަކާ ކުރިމަތިވެގެން ކަމަށެވެ.

މިދިޔަ އަހަރު ބުޝް އެޑްމިޓް ކުރި ފަހަރު އޭނާ މަރުވަނީ ކަމަށް ހީކޮށް އާއިލާގެ މީހުން އެނދުކައިރި އަށް ޖަމާވި އެވެ. ނަމަވެސް މިހާރު އަމިއްލަ އަށް ނުހިގޭ ބުޝްގެ 90 ވަނަ އުފަން ދުވަސް މި އަހަރު ފާހަގަކޮށްފައި ވަނީ ޕެރެސޫޓް ޖަމްޕްކޮށްގެންނެވެ.

ދެ ވަނަ ބޮޑު ހަނގުރާމާގައި ބައިވެރިވި އަދި ބުޝްއަކީ މިހާރު ދުނިޔޭގައި ހުންނެވި އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ ރައީސް އެވެ.