ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްގައި މިއަދު ވޯޓު ނަގަން އެޖެންޑާ ކޮށްފި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ އެ އޮތޯރިޓީގެ ބޯޑު މެންބަރު ސުޖާއު ހުސައިނެވެ.

'ސަން' އާ ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލަ ހުށަހެޅުއްވި ސަބަބު ކަމަށް ބަޔާން ކުރައްވާފައި ވަނީ އެލްޖީއޭގެ ހިންގާ ގަވާއިދާއި ޚިލާފުވިކަމަށް ބުނެ ކަމަށެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މިއަދުގެ 10:00 އަށެވެ.