ސައިކަލްގައި ދިޔަ ދެ މީހަކު އިންޑިއާގެ ދިއްލީގެ މަގަކުން ހިނގާފައި ދިޔަ މީހެއްގެ ގަޔަށް އެސިޑް ޖެހި ފިހުމުން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.'

އަލަޖަޒީރާގެ ސޯޝަލް މީޑިއާ އިން މިރޭ ބުނީ މިއަދު އެ ހާދިސާ ހިނގީ ދިއްލީގެ ހާރުބާރު ބޮޑު މާރުކޭޓެެއްގައި ކަމަށެވެ. އަދި އެ މަންޒަރު ސިކިއުރިޓީ ކެމެރާ އަކަށް އަރާފައިވާ ކަމަށެވެ.

މިއީ އިންޑިއާގެ ކެޕިޓަލް ސިޓީގައި އެސިޑްގެ ހަމަލާއެއް މި މަހު ދިން ދެ ވަނަ ފަހަރެވެ.

ސޯޝަލް މީޑިއާގައި "ސްޓޮޕް އެސިޑް އެޓޭކްސް" ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ޓުވީޓްކޮށް ޝެއާ ކުރަމުންނެވެ.