ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މި ހަފްތާގެ ބުރާސް ފަތިދުވަހު ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް "ސަން" އަށް ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ޕާޓީތަކާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
ޑިސެމްބަރު މަހުގެ އެންމެ ފަހު ހޯމަދުވަހު ނުވަތަ ބުރާސްފަތި ދުވަހު އަހަރުގެ ފަހު ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ބާއްވަން ހަމަ ޖެހިފައިވާ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގެ އެޖެންޑާ މަޖިލީހުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ޗުއްޓީއަށް ފަހު، މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ.