23 Dec 2014, 13:14
ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުގެ އެކި މުއައްސަސާތަކާ އެކު ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ޝަރަފުވެރި ކޮށްދެއްވި އެ ރަސްމިއްޔާތުގެ ދިދަ، ބޮޑު ކޯއްޓޭ އަށް ނަގައިދިނީ އެމްއެންޑީއެފް އިންނެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 0600ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ގައުމީ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާއިރު އެ ޖަލްސާ ބާއްވާނީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާއާ އެކީގަ އެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަތާ މިއީ 71 ވަނަ އަހަރަށްވީ އިރު އެންމެ ފުރަތަމަ ގައުމީ ދުވަހެއް ފާހަގަ ކުރަން ފެށިކަމަށް ތާރީހުން އެނގެން އޮތީ 1 ރަބީއުލްއައްވަލް 1365 ވަނަ ތާރީހުގަ އެވެ.