ކޮންމެ އަހަރެއްގެ ވެސް ގައުމީ ދުވަހާ ދިމާކޮށް އެމްއެންޑީއެފުން ނެރެމުން އަންނަ "ގައުމީ ލަވަ" ސީޑީ މިއަދު ނެރެފި އެވެ.

އެ ލަވަ ސީޑިގައި އަމިއްލަ ރާގުގެ ހަ ލަވަ ހިމެނެ އެވެ. އެ ލަވަތަކުގެ ޅެންތައް ހައްދަވާފައި ވަނީ އަލްމަރުޙޫމް މޫސާ ފަތުޙީ އާއި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި އާދަމް ނަޞީރު އިބްރާހީމާއި މޭޖާ ޙުސައިން ޢަލީ އާއި ޖަޢުފަރު ޢަބްދުއްރަހުމާނެވެ.

އެ ސީޑީގައި ހިމެނޭ ލަވަތަކުގެ މިއުޒިކާއި ރާގު ހައްދަވާފައި ވަނީ މޭޖާ ޢަލީ މަނިކާއި އިބްރާހީމް މޫސާ ފިކުރީ އާއި ސްޓާފް ސަޖަންޓް ޔޫސުފް ޝިމާޒާއި ސަޖަންޓް ޢަބްދުﷲ އިލްހާމް އިބްރާހީމާއި ލާންސް ކޯޕްރަލް ފަތުޙުﷲ ޝަކީލް ޙުސައިން އެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ސިފައިންގެ ލަވަ ކިއުންތެރިންގެ އަޑުން ރެކޯޑް ކޮށްފައިވާ މި ލަވަ ސީޑީގައި ހިމެނޭ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުގެ ޑައުންލޯޑް ބައިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދެހާސް ދެ ވަނަ އަހަރުން ފެށިގެން ނެރެވެމުން އަންނަ ޤައުމީ ލަވަ ސީޑީގެ 14 އަލްބަމެއް މިހާތަނަށް ނެރެވިފައިވާ އިރު އެ އަލްބަމްތަކުގައި ޖުމުލަ 96 ޤައުމީ ލަވަ ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި 93 އަމިއްލަ ރާގު ވެސް ހިމެނެ އެވެ