22 Dec 2014, 15:28
އަންނަ އަހަރު ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 40 ރަށެއްގައި ސްޕޯރޓްސް އެރީނާ އެޅުމަށް ބޭނުންވާ ބިންކަނޑައަޅައި ދިނުމަށް އެރަށްތަކުގެ ކައުންސިލުތަކަށް ޔޫތް މިނިސްޓްރީން އަންގައިފިއެވެ.
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައިވާ ގޮތުގެމަތިން 1,300 އާއި 1,999 ދެމެދުގެ އާބާދީ ހިމެނޭ ކޮންމެ ރަށެއްގައި 2015 ވަނަ އަހަރު ސްޕޯޓްސް އެރީނާއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ވަނީ ހިމަނާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ ފޭސް ކަމުގައިވާ ފުޓްސެލް ދަނޑުތަކުގެ މަސައްކަތް އަހަރުގެ ކުރީކޮޅު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެރީނާގެ އެހެން ބައިތައް ފުޓްސެލް ދަނޑު ގާއިމްކުރުމަށްފަހު ފެށުމަށްވެސް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.
އަންނަ އަހަރު ސްޕޯޓްސް އެރީނާ ގާއިމް ކުރުމަށް ކަނޑައަޅާފައިވާ 40 ރަށަކީ ތ.ކިނބިދޫ އާއި ތ.ގުރައިދޫ އާއި ރ.މީދޫ އާއި ރ. އިނގުރައިދޫ އާއި ރ. ހުޅުދުއްފާރާއި ރ. އުނގޫފާރާއި ޅ. ކުރެންދޫ އާއި ގއ. ދާންދޫ އާއި ގއ. ކޮލަމާފުއްޓާއި ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ އާއި ފ. ނިލަންދޫ އާއި އެއަތޮޅު ބިލެއްދޫ އާއި ލ. މާވަށާއި ހދ. ހަނިމާދޫ އާއި ހދ. ވައިކަރަދޫ އާއި ހދ. ނޮޅިވަރަންފަރާއި ހދ. މަކުނުދޫ އާއި ހދ. ނޭކުރެންދޫ އާއި ހދ. ކުމުންދޫ އާއި ހއ. ބާރަށާއި ނ. މަނަދޫ އާއި ނ. ކެނދިކުޅުދޫ އާއި އެއަތޮޅު މިލަދޫ އާއި ށ. ކޮމަންޑޫ އާއި އެއަތޮޅު ކަނޑިތީމާއި އެއަތޮޅު ފޯކައިދޫ އާއި ގދ. މަޑަވެއްޔާއި އެއަތޮޅު ފަރެސްމާތޮޑާ އާއި އެއަތޮޅު ފިޔޯރީ އާއި އެއަތޮޅު ވާދޫ އާއި އެއަތޮޅު ރަތަފަންދޫ އާއި މ.މުލަކާއި އެއަތޮޅު ކޮޅުފުއްޓާއި އެއަތޮޅު ދިއްގަރާއި ކ.ގުރައިދޫ އާއި އެއަތޮޅު މާފުއްޓާއި ކ.ތުލުސްދޫ އާއި އއ.ތޮއްޑޫ އާއި އަދި އައްޑުއަތޮޅު މަރަދޫ ފޭދޫގައެވެ.