22 Dec 2014, 14:22
ބޮލީ ވުޑްގެ މައްޝޫރު ތަރި ދީޕިކާ ޕަދުކޯން، އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލަން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މިއީ ދީޕިކާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ކްރިސްމަސް ޗުއްޓީ އޭނާ ހޭދަކޮށްފައި ވަނީ، ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ތާޖު އެގްޒޯސްޓިކާ ރިސޯޓްގައެވެ.

ތާޖު އެގްޒޯސްޓިކާ --
ދީޕިކާގެ މި ދަތުރުގައި ވެސް އޭނާ މަޑުކުރުުމަށް ހަމަޖައްސާފައިވަނީ އެ އެރިސޯޓްގަ އެވެ.

ނ. އަތޮޅުގައި އޮންނަ ސެވެލް ބްލޮން ރަންދެލި ރިސޯޓް --
'ސަން'އަށް އެނގިފައިވާ ގޮތުގައި ދީޕިކާ މިއަަހަރުގެ ނިއު އިޔާ ނައިޓް ވެސް ހޭދަކުރުމަށް ހަމަޖައްސާފައި ވަނީ ރާއްޖޭގަ އެވެ. އެގޮތުން ނިއު އިޔާ ނައިޓްގެ ދެ ދުވަސް ކުރިން އެނާ ނ. އަތޮޅު ވެލާ ރިސޯޓް ކައިރީގައި އޮންނަ ރާއްޖޭގެ ހިތްގައިމު ފަސްތަރީގެ ރިސޯޓެއް ކަމުގައިވާ ސެވެލް ބްލޮން ރަންދެލި ރިސޯޓް އަށް ދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.