އެސްޓީއޯގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އެސްޓީއޯ އިން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.

އެސްޓީއޯގެ ރަން ޔޫބީލާ ގުޅިގެން ހުޅުވާލާފައިވާ އެ ކުރެހުމުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި އެ ކުންފުނިން ހަމަޖައްސާފައި ވަނީ "އަހަރެންގެ ނަޒަރުގައި އެސްޓީއޯ" އެވެ.

އެސްޓީއޯ އިން ބުނީ މުބާރާތާ ބެހޭ އިތުރު މައުލޫމާތު އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު އެސްޓީއޯގެ ވެބްސައިޓް www.sto.mv އިން ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު މިއަދު "ސަން" އަށް ވިދާޅުވީ އެސްޓީއޯގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ވަނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމާފައި ކަމަށެވެ. އަދި ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެސްޓީއޯގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކުރެހުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ޖެނުއަރީ މަހު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.