03 Feb 2011, 09:31
ވޮލީބޯލް އެސޯސިއޭޝަނުން މިިދިޔަ އަހަރުގެ ކަލަންޑަރގައި ހިމަނާފައިވާ މުބާރާތްތަކުގެ ތެރެއިން އަހަރު ނިމުނުއިރު ނުބޭއްވި އޮތް ހަމައެކަނި މުބާރާތް ކަމަށްވާ އަންހެނުންގެ ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.
އަންނަމަހުގެ 5 ވަނަ ދުވަހު ފެށުމަށް ޝެޑިއުލްކޮށްފައިވާ މުބާރާތާ ބެހޭ ގޮތުން ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރިޔާޒު ވިދާޅުވީ ބައިވެރިވުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. "އުއްމީދު ކުރެވޭ ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް. އަންހެން ކުޅުންތެރިންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް މިދަނީ އިތުުރުވަމުން." ރިޔާޒު ވިދާޅުވިއެވެ.
އަންހެނުންގެ ޕްރެޒިޑެންޓްސްކަޕް ތައާރްފް ކުރީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް މީގެ ކުރީގެ މުބާރާތްތައް އެންމެ ފޯރީގައި ގެންދެވިފައިނުވާކަން ފާހަގަކުރެވެއެވެ.