ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި ‏އެމަނިކުފާނުގެ އަނބިކަނބަލުން ‏‏ފާޠިމަތު އިބްރާހީމް، ‏ރ. އުނގޫފާރަށް މިއަދު ހަވީރު ‏‏ވަޑައިގެންފި އެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ ‏‏ޢިމާރާތް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ އުނގޫފާރުގައި އޮންނަ އެ ރަސްމިއްޔާތުގައި ‏‏ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ އެވެ.‏ ‏
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުނގޫފާރަށް ވަޑައިގަތުމާ އެކު، އެރަށު ‏‏ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވައިފަ އެވެ.