21 Dec 2014, 17:48
ލ. ފޮނަދޫ އިން ފުރައިގެން އެއަތޮޅު މާވަށަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެ ފެރީގައިތިބި މީހުން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު ލ.ގާދޫ އަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން ބުނީ 2:57 ހާއިރު ހާދިސާ ހިނގި ސަރަހައްދަށް އެންއެންޑީއެފުން ދިޔައިރު އޭގައި ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ފެރީގެ އިންޖީނު ހުއްޓުމާއި ގުޅިގެން ފެރީ ވަނީ ލ.ގާދޫ ފަރު ކައިރިއަށް އެންކަރ ކޮށްފައި ކަމަށެވެ. ފެރީއިން ދަތުރުކުރި މީހުންގެ ތެރެއިން 13 މީހަކު ލ. ގާދޫއަށް ގެންގޮސްފައިވާ ކަމަށާއި ދޯނިން ދަތުކުރުކި މީހުންގެ ތެރެއިން 4 މީހަކު ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހާބަރކްރާފްޓްގައި ލ.ފޮނަދޫއަށް ގެންގޮސްދީފައި ކަމަށެވެ.
އެ ފެރީއިން ޖުމްލަ 20 މީހުން ދަތުރުކުރިއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެވެ.