ގޭތެރެ ޒީނަތްތެރިކޮށް ގޭގެ އަށް ބެނުންވާ ސާމާނު ޔޫރަޕުން އެތެރެކޮށްގެން ވިއްކާ، އީވޯ ހޯމް އިން، އާ އަހަރާ ދިމާކޮށް، 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އީވޯ ހޯމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު މިއަދު ވިދާޅުވީ އާ އަހަރުގެ މުނާސަބަތުގައި މިއަދު ފެށި އެޕްރޮމޯޝަނުން، އެ ފިހާރަ އިން ވިއްކާ ހުރިހާ ބާވަތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ގަންނަ ކޮންމެ އެނދަކަށް ހިލޭ ގޮދަޑިއެއް ލިބޭނެ ކަމަށެވެ.

"އެންމެ ބޮޑު ޑިސްކައުންޓެއް ލިބޭނީ ގޭތެރެއަށް ބޭނުންވާ ސާމާނުން، އަދި މި ޕްރޮމޯޝަންގެ ތެރޭގައި އެނދެއް ގަތުމުން ޖަރުމަން ބްރޭންޑްގެ ގޮދަޑިއެއް ހިލޭ ލިބޭނެ،" ރިޒްމާ ވިދާޅުވި އެވެ.

އެ ޕްރޮމޯޝަން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިވެ އެވެ. އެ ފިހާރައިން ވިއްކާ މުދަލުގެ ތެރޭގައި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި ގޭތެރޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ހިމެނެ އެވެ.

އީވޯ ހޯމް އަށް މުދާ ގެންނަނީ ޖަރުމަނުންނާއި އިޓަލީގެ އިތުރުން ހޮލެންޑާއި ސްޕެއިން ފަދަ ޔޫރަޕުގެ ގައުމުތަކުންނެވެ.