21 Dec 2014, 13:55
އޮސްޓްރޭލިޔާގެ މަންމައަކު އޭނާގެ ހަތް ކުދިންނާއި އިތުރު ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އޮސްޓްރޭލިޔާގެ ފުލުހުންނާ ހަވާލާދީ ސީއެންއެން އިން މިއަދު ބުނީ އޮސްޓްރޭލިއާގެ "ކައިރަން" އަށް ނިސްބަތްވާ 37 އަހަރުގެ އެމީހާގެ މައްޗަށް އޭނާގެ ހަތް ކުދިންނާއި އަދި އޭނާ އަށް ބޮޑުދައިތަ ކިޔާ ކުއްޖަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އޭނާ އަންނަނީ އޭނާ އަށް ލިބިފައިވާ ޒަހަމުތަކަށް، ފުލުހުންގެ ބެލުމުގެ ދަށުން، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.
ހުކުރު ދުވަހު ފުލުހުންނަށް ރިޕޯޓް ކުރީ މީހަކު ޒަހަމުވެގެން އުޅޭ ކަމަށެވެ. ނަމަވެސް ފުލުހުން އެގެ އަށް ދިޔަ އިރު މަންމައަކު ޒަހަމު ވުމަށް ވުރެ މައްސަލައިގެ ސީރިއަސްކަން ބޮޑެވެ.
ފުލުހުން އެ ގެ އަށް ވަން އިރު، އެ މީހުންނަށް ފެނުނީ ދެ އަހަރާއި 14 އަހަރާ ދެމެދުގެ އަށް ކުއްޖެއްގެ ހަށިގަނޑެވެ.

ަައަށް ވަނަ ކުއްޖަކީ އެ މީހާ އަށް ބޮޑުދައިތަ ކިޔާ ކުއްޖެކެވެ.
އޮސްޓްރޭލިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނީ ބައެއް ކުދިންނަށް ވަޅީން ވެސް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެެކަން ކަށަވަރެއް ނުކޮށްދެ އެވެ. އަދި ބުނީ އެކަން އެނގޭނީ އޮޓަޕްސީ ހެދުމުން ކަމަށެވެ.
އެކުދިން ނިސްބަތް ވަނީ ތަފާތު ފަސް ބައްޕައަކަށެވެ. އަދި އޮސްޓްރޭލިއާގެ ރަސްމީ ފަރާތްތަކަށް އެކަންވީ ބޮޑު ހައިރާން ކުރުވަނިވި ކަމަކަށެވެ.

ސީއެންއެން އިން ބުނީ އެ އަނިޔާވެރި އަމަލު ހިންގާފައިވާ ތަން ފެނުނީ އެ އަންހެން މީހާގެ 20 އަހަރުގެ ދަރިއަކަށް ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ އެ ކުއްޖާއާ ފުލުހުން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެކުއްޖާއާ މެދު ތުހުތަމު ނުކުރާ ކަމަށެވެ.