ބ. ފިނޮޅަހުގައި ތަރައްގީކޮށްފައިވާ "އަމިއްލަފުށި" ރިސޯޓް މިއަދު ހުޅުވައިފި އެވެ.

ޖުމްލަ 70 ކޮޓަރީގެ އެ ރިސޯޓަކީ ކޯސްޓްލައިންގެ ކުންފުންޏެއް ކަމުގައިވާ ދަ ސްމޯލް މޯލްޑިވްސް ކޮމްޕެނީން ހިންގަަމުން އަންނަ ރިސޯޓެކެވެ.

އަމިއްލަ ފުށި : އެފްބީ ފޮޓޯ އަމިއްލަފުށި

ކޯސްޓްލައިނަކީ ބ. އަތޮޅު ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރި ކުންފުންޏެވެ.

ކޯސްޓްލައިންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ވޯޓާ ބަންގަލޯސް އާއި ބީޗް ބަންގަލޯސްތަކެއް ހިމަނައިގެން ހިތްގައިމު ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ ރިސޯޓްގެ ރޫމްތަކުގެ އަގުތައް ފެށެނީ 2000 ޑޮލަރަށް ކަަމަށެވެ.
އަމިއްލަ ފުށި : އެފްބީ ފޮޓޯ އަމިއްލަފުށި

އެ ރިސޯޓްގައި 1200 މީޓަރަރުގެ އައުޓް ޑޯ ބޮޑު ސްވިމިން ޕޫލަކާ އެކު 15 ކޮޓަރީގެ ސްޕާއެއް ވެސް ހުރެ އެވެ. އެ ރިސޯޓަށްދާ ގެސްޓުންނަށް ސްޕާގެ ހިދުމަތާއި ވޯޓާސްޕޯޓް ކުޅިވަރުތަކާއި ބްރެކްފާސްޓް ހިލޭ ލިބޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

އަމިއްލަފުށި : އެފްބީ ފޮޓޯ އަމިއްލަފުށި


އެ ރިސޯޓް ހުޅުވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަހަމަދު އަދީބް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ރިސޯޓްގެ ވެރިފަރާތަށާއި ކޯސްޓްލައިންގެ ޓީމަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.