ޒަމާނީ ކިރު ބުއިމުގެ ސަބަބުން ކަށިތައް ވަރުގަދަވުމުގެ ބަދަލުގައި މީހާގެ އުމުރުކުރުވާ ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

މިއަދާ ހަމައަށް ވެސް ޓީވީ އަދި ތަފާތު މީޑިޔާތަކުގައި އިޝްތިހާރުކުރެވެމުން އައީ ކިރަކީ އެއްވެސް ގެއްލުމެއް ނެތް ފައިދާ ހުރި އެއްޗެއް ކަމުގަ އެވެ. އެހެންނަމަވެސް މިއަދުގެ ދިރާސާތަކުން ދައްކަމުން ގެންދަނީ މުޅިން ތަފާތު ވާހަކަތަކެކެވެ.

ކިރުގެ ސަބަބުން ސިއްޙަތައް ފައިދާވުމުގެ ބަދަލުގައި ގެއްލުންދޭ ކަމަށް ހާމަކުރަމުން އަންނަ ބްރިޓިޝް މީޑިޔާ ޖާނަލްގެ ފަރާތުން އެއްލައްކަ އަށް ވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ބޭނުންކޮށްގެން 23 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ގިނައިން ކިރު ބުއިމުގެ ސަބަބުން ކަށިތައް ވަރުގަދަ ވުމުގެ ބަދަލުގައި ޒުވާން އުމުރުގައި މަރުވުމުގެ ފުރުސަތު ބޮޑެވެ. އަދި ހަމައެއާ އެކު ހަޑިގަނޑަށް ބޭނުންވާ ކެލްސިޔަމް، ވިޓަމިން ޑީ، ފޮސްފަރަސް ފަދަ މާއްދާތައް ޔޯގަޓް ފަދަ އުފެއްދުންތަކުން ވެސް ލިބޭނެ ކަމަށް އެމީހުން ހާމަކޮށްފައިވެ އެވެ.

އަދި 17،252 އަންހެނުން ބޭނުންކޮށްގެން ސްވިޑެންގައި ކުރި ދިރާސާއަކުންވެސް ކިރު ބުއިމުގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދޭ ކަމެއް ސާބިތުވެފައެއް ނުވެ އެވެ. ހަަމައެއާ އެކު ގިނަ އަދަދަކަށް ކިރު ބުއި މީހުންގެ 93 ޕަސެންޓް މީހުން މި ދިރާސާކުރަމުން ދިޔަ ދުވަސްވަރު ވަނީ މަރުވެފަ އެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން ތިން ތަށި ކިރު ބުއި މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ހިތުގެ ބަލިތަކާ ކުރިމަތިވެ، 44 ޕަސެންޓް މީހުންނަށް ކެންސަރުގެ ބަލި ޖެހިފައިވެ އެވެ. މި ދިރާސާތަކުގެ ނަތިޖާ އަންހެނުންނާއި ފިރިހެނުންނާއި އަޅާކިޔާއިރު ވެސް ތަފާތެވެ.

ވުމާ އެކު ތަޖުރިބާކާރުން ނަސޭހަތްރެވަނީ ކިރު ބުއިމުގެ ބަދަލުގައި ކިރުގެ އެހެން އުފެއްދުންތައް
ބޭނުންކުރުމަށެވެ. މިސާލަކަށް ޔޯގަޓް އަދި ޗީޒް ފަދަ ބާވަތްތަކެވެ. އެގޮތުން ސިއްޙަތަށް ފައިދާ ހުރި މާއްދާތައް ގިނަ އަދަދަކަށް ޔޯގަޓްގައި އެކުލެވޭކަމަށް އެމީހުން ހާމަކޮށްފައިވެ އެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓް