20 Dec 2014, 21:26
ސަރުކާރަށް 125،000 މޮޓޯ ސައިކަލް ގަތުމަށް އޯޑަރު ދީފައިވާ ކަމަށް ބަޖާޖު ކުންފުނިން ބުނެފި އެވެ.
ބަޖާޖު ކުންފުންޏާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫ އިން އިއްޔެ ބުނީ ލަންކާގައި ހުންނަ ބަޖާޖު ކުންފުނީގެ ލޯކަލް އެޖެންޓް މެދުވެރިކޮށް "ޑިސްކަވާ 125" މޮޑެލްގެ 50،000 ޔުނިޓަށް ކުރިން އޯޑަރު ދީފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 48،000 ޔުނިޓް މިހާތަނަށް ސަޕްލައިކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ އަދަދުގެ އޯޑަރެއް މިހާރު ވެސް ދީފައިވާ ކަމަށާއި އެ ތަކެތި ކުރިއަށް އޮތް 3- 4 މަހުގެ ތެރޭގައި ސަޕްލައި ކުރާނެ ކަމަށެވެ.
ސްރީލަންކާ ސަރުކާރުން ކުރިން ބުނެފައި ވަނީ ސަރުކާރު މުވައްޒަފުންނަށް ދިނުމަށް އެތައް ހާސް ސައިކަލެއް ހިލޭ ބެހުމަށް ނިންމާފަައިވާ ކަމަށެވެ.
އަދި އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ލަންކާގެ ދެ ޖިންސުގެ ފުލުހުންގެ ތެރެއިން މީހުންނާ ނީދެ އުޅޭ މީހުންނަށް ކަރަންޓާއި ފެން ހިލޭ ކޮށްދިނުމަށް ވެސް ފުލުހުން ވަނީ ނިންމައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އަންނަ މަހު 8 ވަނަ ދުވަހު އޮންނަ އިންތިހާބާ ދިމާކޮށް އެތަކެތި ފޯރުކޮށްދެނީ ސީދާ ރިޝްވަތުގެ ގޮތުގައި ކަމަށެވެ.