20 Dec 2014, 10:40
އެމެރިކާގެ ސޮނީ ކުންފުނީގެ އީމެއިން އެކައުންޓްތައް ހެކްކޮށް، ސިއްރު އީމެއިލްތައް ހުޅުވި ހަމަލާ ދީފައި ވަނީ އުތުރު ކޮރެއާއިން ކަމަށް ތުހުމަތު ކުރައްވައި އެކަމުގެ ބަދަލު އެމެރިކާއިން ހިފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވައިފި އެވެ.
ސޮނީ ސައިބާ ހަމަލާ ދިން މީހުން އެ ހަމަލާ ދިނީ އުތުރުކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން ރާވާ މަންޒުތައް އެކުލެވޭ ފިލްމެއް އެކުންފުނިން އުފައްދައި ނެރެން ތައްޔާރުވުމުންނެވެ. ސޮނީގެ މެއިލްތައް ހެކްކުރުމަށް ފަހު ހެކަރުން ބުނެފައި ވަނީ ކިމްއާ ބެހޭ ގޮތުން އުފައްދާފައިވާ ހެއްވާ މަޖާ އެ ފިލްމު ނޭޅުވުމަށެވެ. އަދި އެ ފިލްމު އަޅުވައިދޭ އެމެރިކާގެ ސިނަމާތަކަށް ހަމަލާދޭނެ ކަމަށް ވެސް ހެކަރުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ވިދާޅުވެފައި ވަނީ އެމެރިކާއިން ބޭނުންވާ ވަގުތެއްގައި ބޭނުންވާ ގޮތަކަށް އެކަމަށް (ހެކް ކުރުމުގެ ހަމަލާއަށް) ރައްދު ދޭނެ ކަމަށެވެ.
ސޮނީގެ މެއިލްތަކާއި ވެބްސައިޓްތައް ހެކްކޮށް، ލިޔެ ކިއުންތައް އާއްމު ކޮށްލާފައި ވާއިރު އާއްމު ކުރި ލިއުންތަކުގެ ތެރޭގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި ޖާސޫސީ އިދާރާތަކާއެކު ސޮނީ އިން ހިންފާފައިވާ މުއާމަލާތްތައް ވެސް ވަނީ އާއްމުކޮށްފަ އެވެ.
"ދަ އިންޓަވިއު"ގެ ނަމުގައި އުފައްދާފައިވާ ފިލްމް ކްރިމަސް ދުވަހު އަޅުވަން ކުރިން ހަމަޖެހިފައިވިޔަސް ތިއޭޓަރު ތަކުން އެފިލްމު އަޅުވައިދޭން އެއްބަސް ނުވާތީ މިހާރު ވަނީ އެ ފިލްމު ނާޅުވަން ނިންމާފަ އެވެ.