02 Feb 2011, 18:57
އައްޑޫ ސިޓީ ކައުންސިލް އުފައްދަން ލޯކަލް ގަވަރުމަންޓް އޮތޯރީޓީން އެންމެ މެންބަރަކު އެކަނި ހުންނަވައިގެން ކަނޑައެޅި ޝަރުތުތައް ސައްހަ ނޫން ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމާފައިވާ މައްސަލަ ބަންޑާރަ ނައިބު އޮފީހުން އިސްތިއުނާފު ކުރުމަށް މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ފަހު ބަންޑާރަ ނައިބު އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ލިބިދީފައިވާ ބާރާއި މައްސޫލިއްޔަތު ބޭނުން ކުރުމުގައި އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހާއްސަ އަދަދެއް ފުރިހަމަވާންޖެހޭނެ ކަމަށް ބުނެފައި ނުވާ ކަމަށެވެ.
ނަމެވެސް އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި އައުލަބިއްޔަތުން ކަންކަން ނިންމުމަށް ބުނެފައިވުމަކީ، ލާމަރުކަޒީ ގާނުނުން ކަނޑައެޅިގެން ބަޔާކޮށްފައިނުވާ ކަމެއް ކުރުމަށް ލާޒިމް ކުރުވުން ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.