18 Dec 2014, 18:58
މާލޭ ވޯޓާ ކްރައިސިސް މެނޭޖްމެންޓް ފަންޑަށް ދެ ލައްކަ ޑޮލަރުގެ ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނެފި އެވެ.
ފެން ފަންޑަށް އެހީވާނެ ކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ފޮރެއިން މިނިސްޓަރު ޑޭޓޯ އަނީފާހް ބިން ހާޖީ އަމާމް ފޮރެއިން މިނިސްޓަރު ދުންޔާ މައުމޫން ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.
މެލޭޝިޔާގެ ފޮރިން މިނިސްޓަރުގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މާލެއަށް ދިމާވި ފެނުގެ ދަތިކަމާ ގުޅިގެން ފައިސާގެ އެހީ ދިނުމަށް ނިންމީ ރާއްޖޭގެ ހާލަތާ މެދު ވިސްނުމަށްފަހު ކަމަށެވެ.
އެ ސިޓީއަށް ޖަވާބު ދެއްވައި މިނިސްޓަރު ދުންޔާ ވިދާޅުވީ "މެލޭޝިޔާއަކީ އަބަދުވެސް ތެދުވެރި އެކުވެރިއެއް" ކަމަށެވެ.