މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އަށް ބަޔަކު މަރުގެ އިންޒާރު ދިން މައްސަަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ ސުނީތާ އަށް ބަޔަކު ބިރުދައްކައި މަރުގެ އިންޒާރުދިން ކަަމަށް ބުނެ ފުލުހުންގެ އިދާރާ އަށް ރޭ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސުނީތާ އަށް މަރުގެ އިންޒާރުދިން މައްސަަލައެއް ފުލުހުން ބަލަން ފަށާފައި މިވަނީ އޭނާ ބޮލީ ވުޑްގެ މައްޝޫރު ތަރި ޕްރިޔަންކާ ޗޯޕްރާއާ އިންޑިއާގެ މުމްބާއީގައި ބައްދަލުވި ފަހުން، ފިލްމީ ދާއިރާގެ ބައެއް ތަރިންގެ ފަރާތުން ސުނީތާ އަށް ފާޑު ކިޔުންތައް އަމާޒުވެފައި ދަނޑިވަޅެއްގަ އެވެ.

އެގޮތުން ފިލްމީ ދާއިރާގެ ބައެއް ތަރިން ކަމަށް ބެލެވޭ ބަޔަކު ސުނީތާއާ ދިމާލަށް ހަޑިހުތުރު ބަހުރުވައިން މުއާމަލާތްކޮށް، ފުރައްސާރަކުރާ އޯޑިއޯ ކްލިފްތަކެއް ސޯޝަލް މީޑިއާތަކުގައި ދަނީ ދައުރުވަމުންނެވެ.