18 Dec 2014, 14:37
ފެނުގެ މައްސަލައާ ގުޅިގެން ސަރުކާުރުން އުފެއްދި "ފަންޑް" އަށް ސައުދީގެ މިލިޔަނަރަކު ދެއްވި އެއް މިލިއަން ޑޮލަރު ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސައުދީގެ ހެޔޮ އެދޭ ފަރާތަކުން ފެނުގެ ފަންޑަށް ހަދިޔާ ކުރެއްވި އެއް މިލިޔަން ޑޮލަރު ފިނޭންސް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ޑރ. ޝަހީމު ކުރެއްވި ޓްވީޓް---ފޮޓޯ: ޓްވިޓާ
މާލޭ އަށް ދިމާވި ފެނުގެ މައްސަަލަ ހައްލުކުރުމަށް ސަރުކާރުން ހުޅުވި ފަންޑަށް މިހާތަނަށް ގިނަ ފަރާތްތަކަކުން ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ. އޭގެތެރޭގައި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވަނީ އެ ފަންޑަށް އެއްލައްކަ ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ. އަދި އެ ފަންޑަށް ޗަންޕާ ބްރަދާސްގެ ފަރާތުން ވެސް އެއްލައްކަ އެމެރިކާ ޑޮލަރުގެ އެހީއާއި 75 މިލިއަން ރުފިޔާގެ ލޯން އެހީއެއް ވަނީ ދެއްވައިފަ އެވެ. އަދި ޓީއެމްއޭ އާއި އެމްޓީޑީސީ އިން ކުރެ ކޮންމެ ކުންފުންޏަކުން ވެސް 100،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
މީގެއިތުރުން އުރޫދޫ އިން އަދި ރާއްޖޭގެ މުވާސަލާތީ ފުރަތަމަ ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަ ބަހުރެއިންގެ ބަޓެލްކޯއިން ވެސް ވަނީ އެ ފަންޑަށް 200،000 ޑޮލަރު ހަދިޔާ ކޮށްފި އެވެ.