އަންނަ އަހުރުގެ ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ.ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަނުގައި ވާދަކުރުމުގެ ކުރުމުގެ ފުރުސަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕިއެމް) އިން ހުޅުވާލައިފި އެވެ.

ޕީޕީއެމްއިން ބުނީ އެޕާޓީގެ ޓިކެޓުގައި ދޮންފަނު ބައި އިލެކްޝަނުގައި ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކަށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑު 10:30ހާއި ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަކީ އެޕާޓީގެ މެމްބަރެއްކަމަށްވާން ޖެހެއެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތަކީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވެފައިވާ މީހެއް ކަަމަށް ވާންޖެހޭ ކަމަށްވެސް ޕީޕީއެމްއިން ބުންޏެވެ.

އަދި ބުނީ އެޕާޓީގެ ޓިކެޓުގައި ބ.ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބައި އިލެކްޝަނުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމާއި އެމީހެއްގެ ވަނަވަރު މި މަހުގެ 22 ވަނަ ދުވަހުގެ 10:30 ގެ ކުރިން ޕީޕީއެމް އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ބައި އިލެކްޝަނުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އިން 6:00 އަށް އޮންނާނެ ކަމަށްވެސް ޕީޕީއެމްއިން ބުނެ އެވެ.

ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ ދޮންފަނު ކައުންސިލަރު ކަމުގައި ކުރިން ހުންނެވި އެކައުންސިލްގެ ކުރީގެ ނައިބު ރައީސް ޔޫސުފް ނައުޝާދު އިސްތިއުފާ ދެއްވާފައިތީ އެވެ.